ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުކަމުން ސަމާހު ރަޝީދު، ޕީސީބީއިން ވަކިކުރައްވައިފި އެވެ.
18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް މިވަގުތު ތައިލެންޑްގައި ހުއްނަވަނިކޮއް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރޭ ވަނީ ސަމާހު ކުންފުނި ބޯޑު ޑިރެކްޓަރު ކަމުންނާއި ސީއީއޯގެ މަގާމުން ވަކިކޮއް އެކަން ވަނީ އިއުލާން ކޮއްފަ އެވެ.
ސަމާހު މަގާމުން ވަކިކޮއްފައި މިވަނީ އޭނާއާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގަށް މަގާމުން ސަސްބެންޑްކޮއްފައި ގިނަ ދުވަސްތަކެއްވާންދެން ބެހެއްޓުމަށްފަހު އަލުން އަބުރާ ވަޒީފާއަށް ނުކުއްނަންފެށިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ސަމާހުއާ ގުޅޭ 12 މައްސަލައެއް ވަނީ ބަލާފައެވެ. އޭގެތެރެއިން އެއްމެ ފާހަގަ ކޮއްލެވޭ މައްސަލަތަކަކީ ސަމާހުގެ އާއިލާގެ ބޭފުޅުންނަށް ގިނަ އަދަދެއްގެ ވަޒީފާ ދިނުމާއި ކުންފުނީގެ ވަސީލަތްތަށް ސިޔާސީ ބޭނުމަށް ބޭނުންކުރު މެވެ.
ސަމާހުގެ މައްސަލަތަށް ތަހުގީގުކޮއްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީތަކާ ބެހޭ ކޮމެޓީއިން އެވެ. އެ ކޮމެޓީގައި ސަމާހް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.


