މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންކަމުގެ އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވައިފި އެވެ.
ހަބަރުތަށް ބުނާ ގޮތުން ނޫރައިން އިސްތިއުފާ ދެއްވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ނޫރައިން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބުނެވެ. ނަމަވެސް ނޫރައިންގެ އިސްތިއުފާ ޕީސީބީން ދޮގު ކޮށްފައެއް ނުވެ އެވެ.
ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން، ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގަ އެވެ.
މިފަހުން ދުބާއީގައި އޮތް އެވޯޑް ދިނުމުގެ ހަފްލާއެއްގައި ނޫރައިން ދެއްވި އިންޓަވިއު ގިނަބަޔަކަށް ކަމުގޮސް ވަރަށް ގިނަ އަދަދެއްގެ މީހުން ވނީ ނޫރައިންއަށް ތާއީދު ކުރަންވެސް ފަށާފަ އެވެ.


