މިދިޔަ ހުކުރުދުވަހު ހަތަރު މީހުންނާއެކު ތިލަފުށިން މ އަތޮޅަށް ދާން ފުރި ދޯނި ފެނިއްޖެ އަދި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އިއްޔެ އެދޯނި ފެނިފައިވަނީ ހުކުރު ދުވަހުން ފެށިގެން އެމްއެންޑީފްއިން އެ ދޯނި ހޯދުމަށް ބޮޑު ސަރަހައްދެއް ކަޑާއި ވައުގެ މަގުން ބަލާފައި ވަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ދޯނި ހުއްޓިފައިވަނީ އަޑީތެޔޮ ހުސްވެގެން އަދި ދޯނި އޮޔާ ބެހިގެން ދަނިކޮއް އިއްޔެ މި ދޯނި ފެނިފައިވަނީ ވ ފޮއްތެޔޮ ކައިރިން ނެވެ. މިހާރު ކަމާ ބެހޭ އިދާރާތަކުން ދަނީ އެ ދޯންޏަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.


