Tuesday, 28 July 2026

ކަޔަކެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު – ފުލުހުން

އިއްޔެ ގދ އަތޮޅުގައި އޮއްނަ ރަފެލްސް ރިސޯޓުން ކަޔަކްއެއްގައި މޫދައްފޭބި ބިދޭސީ މީހާ ކަޔަކެއްގައި ގދ އަތޮޅުގެ ރިސޯޓަކަށް މިއަދު ގޮސްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުންވަނީ ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.

އިއްޔެ ގދ ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ކަޔަކް ބޯޓެއްގައި މޫދައްފޭބި ބިދޭސީ މީހެއް ވީނުވީއެއް ނޭގި ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންގެ ހިދުމަތުންވަނީ ބުނެފައެވެ. އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާއަކީ އެ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތް ކުރާ ބަގްލަދޭޝްގެ ރައްޔިތެއްކަމަ ށެވެ. އަދި މިހާދިސާ ހިގައިގެން އުޅޭކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ 15:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *