Tuesday, 28 July 2026

ޝަމާހުއަށް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުކަން ދީފި

މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ޝަމާހު ވަކި ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ ފިޝަރީޒް މިނިސްޓްރީގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ޝަމާހު މަގާމުން ވަކިކޮށްފައި ވަނީ، މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމަައަށް އޭނާ ސަސްޕެންޝަނުގައި ބަހައްޓައި، ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަމާއު މިފްކޯއިން ވަކިކުރީ އެހެން ތަނަކަށް ބަދަލުވާންވެގެން އޭނާ އަމިއްލައިން އެދިފަ އެވެ.

އޭރު އޭނާ ސަސްޕެންޑްކުރީ 12 ކަމެއް ތުހުމަތުކޮށެވެ. ޝަމާހު އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

މި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޕީސީބީން ވަނީ އޭނާގެ މައްސަލައެއް ނެތް ކަމަށް ނިންމައި ސަސްޕެންޝަން އުވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *