ށ. އަތޮޅުން ފެށިގެން ލާމާއި ހިސާބަށް ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓު) އިން ޔެލޯ އެލާޓެއް ނެރެފިއެވެ.
މެޓުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 5:45 އިން ފެށިގެން 9:30ގެ ނިޔަލަށެވެ. މެޓުން ވަނީ މިވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ބުނެފައި ވެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.


