ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ "AAA 37″ މުދާ އުފުލާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ކަނޑާއި ވައިގެމަގުން 6240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ ކަމަށާއި، އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.
މިދޯނި ހޯދަމުންދާއިރު ހުޅަގު މޫސުމުގެ ގަދަ ވިއްސާރަ ދަނީ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ކުރަމުން، އެކަމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފަށައިގެން އައްޑު އަތޮޅާ ހިސާބަށް ރީދޫ ސަމާލުނެރި މަޖުބޫރު ހާލަތެއްގައި ނޫނީ ކަޑު ދަތުރު ފަތުރު ނުކުރުމަށް އިސްތިމާސް ކޮއްފަ އެވެ.


