Tuesday, 28 July 2026

ގދ. މެރަދޫ ރިސޯޓުން މޫދަށް އެރުނު މީހަކު ގެއްލިގެން ހޯދަނީ

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން މޫދަށް ފޭބި އެ ރިސޯޓުގެ ބަންގްލަދޭޝް މުވައްޒަފަކު ގެއްލިގެން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯދަން ފަށައިފިއެވެ.
އުމުރުން 32 އަހަރުގެ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 15:54 ހާއިރު ކަމަށް އެ އިދާރާއިންވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ގޮސް، އެ މީހާ ހޯދުމުގެ މަސައްކަތް މިއަދު 16:50 ހާއިރު ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.
އެންމެ ފަހުން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ހުރި އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކުރެއެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *