ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ރޭގެ ވަގުތެއްގައި ވަޅިން ބިރު ދައްކައި މާރަމާރީ ހިންގި މައްސަލައަކާ ގުޅިގެން ތިން ފިރިހެނުން ހައްޔަރުކޮއްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިޔަދު ހެދުނު ވިދާޅުވީ ރޭ 10:00 ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރަމާރީ ހިންގި މައްސައަކާ ގުޅިގެން ސީންއިން 3 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދެއްކީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހެކެވެ. ބިރުދެއްކުމުގެ އަމަލު ހިންގި ސަބަބު އަދި ސާފުވެފައެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މީހުންގެ މައްސަލަ ބަލަމުން ގެންދާއިރު އެ މީހުން ހައްޔަރު ކުރުމުގައި އަމަލު ކުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެހެން ވެގެން ފުލުހުންނަށް ތުހުމަތެއް އޮތް އެ މައްސަލަ ވެސް ފުލުހުންގެ ޕާސަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުން ގެންދާ ކަމަށެވެ.


