Tuesday, 28 July 2026

ފާހަނަ ފާރު ތޮރުފައި، ފެންތައް މަގުމައްޗަށް!

މާލޭގެ ގެއެއްގެ ފާހަނަ ފާރު ތޮރުފައި ފެން ބޭރުވާ ގޮތް ހެދުމުން އެ ގޭގައި އުޅޭ މީހުން 500 ރުފިޔާއިން މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ މަގުމައްޗަށް ފެންފައިބާތީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައި ކަމަށެވެ. އަދި އެހެން ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މިފަދަ ކަންތައް ނުކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ހާދިސާގެ ތަފުސީލާ ގުޅޭ ގޮތުން ސުވާލު ކުރުމުން، 500 ރުފިޔާއިން މިހާރު ޖޫރިމަނާކޮށް، ތަކުރާރު ނުކުރުމަށް އަންގާފައިވާނެ ކަމަށް ސިޓީ ކައުންސިލާއި ހަވާލާދީ  "ދެން އެމްވީ" ގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން މީހުން ވަނީ މިފަދަ އަމަލުތައް ކުރުމަކީ ސިއްހީގޮތުން ބޮޑެތި ގެއްލުން ވާނެ ކަމެއް ކަމަށާއި މި އަމަލު ކުރި ބަޔަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *