ތ ކަނޑޫދޫގައި އިއްޔެ ފާރެއް ވެއްޓި އެފާރުގެ ދަށުވި ކުއްޖާ އިތުރު ފަރުވާ ދިނުމަށް މިޔަދު މާލެ ގެނެސްފިއެވެ.
އިއްޔެ ކަޑޫދޫގައި ކުޅެން އުޅެނިކޮއް ފާރެއް ވެއްޓި އެ ފާރުގެ ދަށު ވެފައިވަނީ 10 އަހަރުގެ ފިރިހެން ކުއްޖެށް އިތުރު ކުޑަކުދިން ތަކަކާއެކު ކުޅެން ބޭރުގައި އުޅެނިކޮށެވެ. އެކުއްޖާ ފާރު ދަށު ވުމުން އެކުގައި ކުޅެން އުޅުނު ކުޑަކުދިންގެ މަސައްކަތުން އެކުއްޖާ ފާރު ދަށުން ސަލާމަތްކޮއް އެކުދިންވަނީ އެކުއްޖާ ގެއަކަށް ގެންގޮސްފަ އެވެ.
ހެލްތު ސެންޓަރަށް ގެންގޮސް ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު، ހާލު ގޯސްކަމުން މާލެ ގެނައީ މިއަދު ހެނދުނު 8:30 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަށްނަ މި ކުއްޖާގެ ފައިގެ ބަޔެއް ކަށިތަށް ވަނީ ބިދިފައި ކަމަށާއި މިހާރު އެކުއްޖާއަށް ފަރުވާދެމުން އަށްނަނީ ކަށީގެ ހާއްސަ ޑަކްޓަރެއް ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވި އެވެ.
އެ ފާރަކީ އެޅިގަލުން ހަދާފައިވާ ވަރަށް ދުވަސްވެފައިވާ ފާރެކެވެ. އެ ފާރު ވެއްޓިފައިވަނީ ކުޑަ ކުއްޖާގެ އުނަގަޑުން ތިރިޔަށެވެ:
މިކަމާ ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ އެކަން ހިގި ވަގުތު އަނިޔާ ލިބުނު ކުއްޖާ ކައިރީގައި ތިބީ ހުސް ކުޑަ ކުދިން ކަމަށް ވުމުން އެ ހާދިސާގެ މާބޮޑު ތަފްސީލެއް ނޭގޭ ކަމަށެވެ. ނަމަވެސް ފައި ދުޅަވެ ހަށިގަޑުގއ އެކި ހިސާބުން ހަންގޮސް މަށައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.


