އިއްޔެ ތިލަފުށިން ފުރައިގެން މ. މެދުފުށި ރިސޯޓަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާބޯޓެއް ގެއްލިގެން މޯލްޑިވްސް ނެޝްނަލް ޑިފެންސް ފޯސް އެމްއެންޑީއެފްއިން އެ ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފިއެވެ.
އިއްޔެ ހެދުނު ތިލަފުށިން މ. އަތޮޅަށް ފުރި "އޭއޭއޭ-37″ ނަމަކަށް ކިޔާދޯނީގެ ހަބަރެއް ނުވެގެން ރިޕޯޓް ކޮއްފައިވަނީ އިއްޔެ ހަވީރު 17:15 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފަ އެވެ. އަދި އެދޯނީގައި ތިބީ ތިން މީހުން ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ ކަމަށާއި، އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.
މިދޯނި ހޯދަމުންދާއިރު ހުޅަގު މޫސުމުގެ ގަދަ ވިއްސާރަ ދަނީ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ކުރަމުން، އެކަމާ ގުޅިގެން މޫސުމާ ބެހޭ އިދާރާއިން ވަނީ ބ އަތޮޅުން ފަށައިގެން އައްޑު އަތޮޅާ ހިސާބަށް ރީދޫ ސަމާލުނެރި މަޖުބޫރު ހާލަތެއްގައި ނޫނީ ކަޑު ދަތުރު ފަތުރު ނުކުރުމަށް އިސްތިމާސް ކޮއްފަ އެވެ.


