މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ އިމާރާތެއްގައި ޖަހާފައި ހުރި ފެންސުތަށް ވެއްޓެމުންދާތީ އެމަގު ބަންދުކޮއް ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މިޔަދު ހަވީރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޕޯލޯ ކުންފުނިން އަޅަމުންދާ ފްލެޓްތަކުގެ ބޭރުގައި ވަށާ ޖަހާފައިވާ ފެންސުންބަޔެއް ގަދަވައިގާ ވެއްޓޭ މަންޒަރު ފެންނަ ވީއޯއެއް މިޔަދު ސޯޝަލް މީޑިއާގައިވަނީ ދައުރުވެފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ކުއްލިއަކަށް ޖެހުނު ބާރު ރޯޅިއަކާ އެކު މަތީން ފެންސު ދެބައިވެ އެއްބައި މަތިން ފެށިގެން އެ އުސް އިމާރާރުގެ މެދަކާ ހިސާބަށް ވެއްޓޭ މަންޒަރެވެ. އަދި އެވަގުތު މަގުމަތިން ކާރާއި ސައިކަލު އަދި މީހުން ފެނެ އެވެ.
މިކަމާގުޅިގެން ފުލުހުން ވިދާޅުވީ އެކަން ހިގައިގެން އުޅޭތީ ފުލުހުން ދަނީ އެވަގުތުން ފެށިގެން އެމަގު ބަންދުކޮއް އެތަނުގައި ހަރަކާތްތެރި ވަމުން ކަމަަށެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
މިޔަދު އެކޮއް ކަހަލަ ގޮތަކަށް މާލެ ސަރަހައްދަށް ދަނީ ވާރޭވެހެމުން އަދި ހަވީރު ވަނީ ވަރަށް ބޮޑަށް ވައި ގަދަވެ މޫސުން އިތުރަށް ގޯސްވެފައެވެ. މެޓް އޮފީހުން ވަނީ މާލެ ސަރަހައްދުގެ އެލާޓް ސްޓޭޓަސް ރީދުލަށް ބަދަލުކޮއްފަ އެވެ.


