Tuesday, 28 July 2026

ބޭނުންވަނީ ރާއްޖޭގެ ދަރަނި ބޮޑު ކުރާކަށް ނޫން، ގިނައިން ދޭނީ ހިލޭ އެހީ: ޗައިނާ ސަފީރު

ޗައިނާ ބޭނުންވަނީ ރާއްޖޭގެ ދަރަނި ބޮޑުކުރަން ނޫން ކަމަށާއި ޗައިނާއިން ބޭނުންވަނީ ރާއްޖެއަކީ އަމިއްލަ ފައިމަށްޗަށް ތެދުވެވިފައިވާ ގައުމަކަށް ހެދުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުއްނަވާ ސަފީރު ވޭންގް ލިޒިން ވިދާޅުވެއްޖެ އެވެ.

ސަފީރު ވޭންގް ލިޒިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވަމުން އައުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެކަމަށް އޮތް ހައްލަކީ ރާއްޖޭގައި އާމްދަނީ ހޯދޭނެ އިތުރު ސިނާއަތްތަށް ގާއިމް ކުރުންކަމަށެވެ.

ހުޅަނގުގެ މީޑިއާތަކުން ޗައިނާއަކީ ގައުމުތަކަށް ކޮމާޝަލް އަގުގައި ގައުމުތަކަށް ލޯނުދީގެން ‘ދަރަނި ދަންތުރަ’ އިގައި ޖައްސަން މަސައްކަތް ކުރާ ގައުމެއްކަމަށް ކެޑިނޭޅި ދައްކަމުންދާ ވާހަކަ ތަކަށް ރައްދު ދެއްވާ ސަފީރު ވިދާޅުވީ އެއީ ހަގީގަތް ނޫން ކަމަށާއި އެއީ ހުޅަގުން ޗައިނާއާ ދެކޮޅަށް ގެންގުޅޭ އެޖެންޑާއެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދިވެހިން ގަބޫލު ނުކުރާނެ ކަމަށް މޭންގް ލިޒިން ވިދާޅުވި އެވެ.

މި ނޫސް ކޮންފަރެންސްގައި ލިޒިން ވަނީ ހުރިހާ ކަމެއްގައި ލޯނު ނެގުމަކީ ދެކޮޅުޖެހޭ ރަނގަޅު ވިސްނުމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ދަރަނި އިތުރުވާ މައްސަލައަށް އަލި އަޅުވާލާ ސަފީރު ވިދާޅުވީ ޗައިނާގެ ވިސްނުމަކީ ރާއްޖޭގެ ދަރަނި އިތުރު ކުރުން ނޫންކަމަށާއި ޗައިނާއިގެ ވިސްނުން ހުރީ ވީހާވެސް ގިނަ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮއްދިނުންކަމަށެވެ.

ސަފީރު އިތުރަށް ވިދާޅުވީ އެއްވެސް މަޝްރޫއު އަކީ ޗައިނާއިން އެދިގެން ހިންގާ މަޝްރޫއުތަށް ނޫންކަމަށާއި ކޮއްމެ ކަމެއްގައިވެސް ޝަރުތު ކަޑައަޅަނީ ރާއްޖެއިން ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

ޗައިނާގެ ހޮލޭ އެހީގައި 5 މަޝްރޫއުއެއް ހިންގަން ވނީ ނިއްމާފަ އެވެ.

ވޯލްޑް ބޭންކުން އެންމެފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުގައި ރާއްޖޭގައި އޮތް ޗައިނާގެ ދަރަނި 1.37 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ 20 ޕަސެންޓެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އޮތް އިންޑިއާގެ ދަރަނި ދެ ބިލިއަން ޑޮލަރާ ގާތްކުރާނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *