ޓެކްސީގެ މައްސަލަ ބޮޑުވެފައިވަނިކޮށް ޓެކްސީ މީޓަރު ހަރުކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އަލީ މުހައްމަދު ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަށްނަ މަސައްކަތެއް ކަމަށެވެ.
އެކަން ކުރުމަށްޓަކައި ދިރާސާތަކެއް ކުރެވި އެ ދިރާސާތަށް ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާ ކޮއްފައިވާނެ ކަމަށް ނައިބު މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެޕްތައް ގެންގުޅޭ ފަރާތްތަކާއި ޓެކްސީ ސެންޓަރުތަކާއެކު ބައްދަލުކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެއްބާރުލުން ވެސް މިކަމަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިކަމަކީ އާމުންނާއި ސަރުކާރުންވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެކަމަކަށް އެދެމުންދާ ކަމެއްކަމަށާއި ޓެކްސީ ތަކުގެ މައްސަލައަށް، މީޓަރު ހަރުކުރުމުން ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލްކުރައްވާ ކަމަަށެވެ.
ޓެކްސީތަކުން ކަޑައެޅިފައިވާ އަގަށްވުރެ ބޮޑެތި އަދަދުތަކުން ފައިސާ ނެގުމާއި ވަކި ތަނަކަށް ނޫނީ ދަތުރު ނުކުރުމަށް އިންކާރު ކުރުމުގެ އިތުރުން ފަސިންޖަރުންގެ ބަހެއް ހޯދުމަކާނުލާ މީހުން އިތުރަށް އެރުވުމުގެ މައްސަލަތަށް ހައްލު ކުރުމަށް ޓްރާންސްޕޯޓް، ޕޮލިސް އަދި އެއާޕޯޓްސް ކޮމްޕެނީ ގުޅިގެންވަނީ ޓެކްސީ ކިއު ބަލަހައްޓަން ފުލުހުން ނެރެފަ އެވެ.
ޓެކްސީ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ވެސް މީޓަރު ހަރުކުރުން ލާޒިމްކޮށް، ގަވައިދު ވެސް އެކުލަވާލި އެވެ. ނަމަވެސް އެކަމުގައި އަމަލީ ސިފަ ޖެހިފައެއްނުވެ އެވެ.


