ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުއްނަ ސަހަރާ (ހުޅުމާލެ ސަހަރާ) ކައިރީ ޕާކް ކޮއްފައިއޮތް ވެހިކަލްއެއްގެ މަރުވެފައި ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މިޔަދު ހަވީރު ހުޅުމާލޭ ސަހަރާ ކައިރީ ޕާކު ކޮއްފައިވާ ވެހިކަލެއްގެ ތެރޭގައި ބިދޭސީ ފިރިހެނަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ފުލުހުން ވަނީ އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް އެ ބިދޭސީ ފިރިހެން މީހާ ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލްއިން ވަނީ ފުލުހުންނަށް މައުލޫމާތު ދީފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


