ކޮންމެ އަހަރަކު އެކި ގައުމުތަށް ކައިރިއަށް އެހީއަށް އެދި ސަލާންޖަހަން ނާށިގަޑު ހިފައިގެން ދާން ޖެހުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް އެކްސްގައި އިންޑިޔާއިން ރާއްޖެއަށް 50 މިލިއަން ދެއްކުން ފަސްކޮށްދީފައިވާ ޕޯސްޓް އެޓޭޗްކޮށް ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ކެނޑިނޭޅި ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެ ނަމަވެސް ރާއްޖެއިން އަމިއްލަ ފައިމައްޗަށް ތެދުމުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިޔާއިން ދީފައިވާ އެހީ ދެއްކުން ފަސްކޮއްދީފައިވީ ނަމަވެސް އެއީ އުފާކުރަން ޖެހޭ ކަމަކަށް ވިރެ ބޮޑަށް ލަދު ގައްނަންޖެހޭ ކަމެއް ކަމަށް ފާރިސް ވިދާޅުވި އެވެ.
ރާއްޖެއަށް ދީފައިވާ އެހީއިން 50 މިލިއަން ދެއްކުން އެއް އަހަރު ދުވަހަށް ފަސްކޮއްދީފައިވަނީ މި ހަފްތާގައި ހާރިޖީ ވަޒީރު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިޔާއާއެކު ކުރެވުމު މަޝްވަރާތަކަށް ފަހު އެވެ.


