Tuesday, 28 July 2026

ކައިވެނި ރޫޅެނީ އެކަށީގެންވާ ވަރަށް ހޭލުންތެެރި ނުވާތީ: ފެމެލީ ކޯޓުގެ އިސް ގާޒީ

ޒަވާޖީ ހަޔާތަށް ކުރިމަތިލާއިރު ގިނަ ޒުވާނުންގެ ކައިވެނި ރޫޅުމަށް މެދުވެރިވާ ސަބަބަކީ އެކަށީގެންވާ މިންވަރަށް ޒަވާޖީ ހަޔާތަށް ހޭލުންތރި ވެފައި ނުވާތީ ކަމަށް ފެމެލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޛް އިސްމާއިލް މާހިރު ވިދާޅުވެއްޖެ އެވެ.

މިޔަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބާތުގައި އެމަނިކުފާނު ނެރުއްވި ބަޔާނެއްގައިވަނީ ޒަވާޖީ ހަޔާތް ރޫޅުމަށް ދިމާވާ ހޭލުން ތެރިކަން ކުޑަވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ތައުލީމީ މަރުހަލާގައި އެކަމަށް ހޭލުންތެރިކަން އިތުރުކުރުން މުހިއްމުކަމަށް ދެކިވަޑައިގައްނަވާ ކަމަށް މާހިރު ވިދާޅުވި އެވެ.

މާހިރު ވިދާޅުވީ ޒަވާޖީ ހަޔާތް ރޫޅުމުގައި ވަރިވާން އެދި އަށްނަ މައްސަލަތަކުން ބޮޑަށް ފާހަގަ ވަނީ ޖެހޭ މައްސަލަ މާބޮޑު މައްސަލައަކަށް ވުމައްވުރެ ޖެހޭ ކުޑަ މައްސަލައާމެދު އެކަށީގެންވާ ވަރަށް ހައްލުކުރަން މަސައްކަތް ނުކުރެވި އެކަމުގައި އެހީ ހޯދަން މައްސަލަ ހިއްސާކުރަން ތިބޭ އާއިލީ ބޭފުޅުންނާވެސް މައްސަލަ ހިއްސާނުކުރުން ކަމަށެވެ.

ކައިވެނި ރޫޅެން ދިމާވާ މައިގަޑު މައްސަލަތަށް ކަމަށް ކޯޓަށް ވަރިވުމަށް އަށްނަ ފިރިހެނުން ބުނަމުންދަނީ އަބިމީހާ ކިޔަމަން ނުވުމާއި އަބިމީހާގެ ކުރިމަތީ ފިރިމީހާގެ ބަސް ނުވިކުންކަމަށް ފިރިހެނުން ބުނާއިރު ވަރިއަށް އެދި އަށްނަ އަންހެނުން މައިގަޑު ސަބަބުތަކެއްގެ ގޮތުގައި ދައްކަނީ އާއިލާއާއެކު އެކަށީގެންވާ މިންވަރަށް ވަގުތު ހޭދަނުކޮއް ކޮފީތަކުގަޔާއި ރައްޓެހިންނާއެކު ގެއިން ބޭރުގައި މާގިނަ ވަގުތު ހޭދަކުރުން ކަމަށް އިސް ގާޞީ ވިދާޅުވި އެވެ. އަދި އަބިމީހާގެ ހިތުގެ ޝަކުވާތަށް ކިޔާނެ މީހަކު ގޭތެރޭގައި ނުހުރުމަކީވެސް އަންހެނުން ކުރާ ހައްގު ޝަކުވާއެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާޒީ މާހިރު ވިދާޅުވި ގޮތުގައި މިފަހުން ދިމާވާން ފަށާފައިވާ އަނެއް މައްސަލައަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ނަމުގައި ކައިވެނިތަށް ދަމަހައްޓާ ދަރިންނާއެކު އުފާވެރި ހަޔާތެއް ހޯދުމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ރޫޅުމަށް ހިއްވަރުދޭ މީހުންގެ ބަސް އަހައި ކައިވެނި ރޫޅާލުމެވެ.

މިކަމުގެ ނަތީޖާއަކަށްވަނީ އަންހެނުން އިތުރަށް ނިކަމެތިވެ އާއިލާތަށް ރޫޅި ދަރިންގެ ހައްގުތަށް ވެސް ގެއްލިގެން ގޮސް އަންހެނުން ނިކަމެތިވުންކަމަށް އެ ކޯޓަށް ހުށައެޅޭ މައްސަލަތަކުގައި މީހުން ދައްކާވާހަކައިން އިގޭ ކަމަށް އިސް ގާޒީގެ ބަޔާނުގައިވެ އެވެ.

ފެމެލީކޯޓުގެ އިސް ގާޒީ އިސްމާއިލް މާހިރު އިތުރަށް ވިދާޅުވީ ދަރިންގެ ހައްގުތަށް ގެއްލުމަށް ދިމާވާ ސަބަބަކީ ދަރިންގެ ހައްގުތަށް އިސްކުރުމުގެ ބަދަލުގައި ވަރިވުމަށްފަހު މަންމައާއި ބައްޕަގެ ދެމެދުގައި ޖެހޭ މައްސަލައިގެ ރުޅުވެރިކަމުގައި ބަދަލު ހިފުމަށް މަސައްކަތް ކުރުންކަމަށެވެ.

ގާޒީވަނީ ޒަވާޖީ ހަޔާތް ބިނާކޮއް ދަރިންގެ ހައްގުތަށް އަދާކުރުމުގައި އިސްލާމީ ރީތި އުސޫލުތަޖުގެ ބޭނުން ހިފާ ދީނުގައި އޮތް ހައްލުތައްބަލައި މައްސަލަތަށް ހައްލުކޮއް އާއިލާ ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އެދިލައްވާފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *