މަކަރާ ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން އަންހެނަކާއި ދެ ފިރިހެނުން ތަހުގީގަށް ހާޒިރު ކުރުމަށް ފުލުހުންގެ ހިދުމަތުން އިއުލާން ކޮއްފި އެވެ.
ފުލުހުން ބުނީ މި ތިން މީހުން މަކަރާ ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަ ބަލަމުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ޕޮލިސް ސްޓޭޝައިން ކަމަށާއި މި ތިން މީހުން ތަހުގީގަށް ހާޒިރު ކުރުމަށްޓަކައި ޗިޓް ފޮނުވުމަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ޗިޓް ރައްދު ކުރެވިފައި ނުވާކަމަށެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން މިއަދު ވަނަވަރު އާމުކޮއްފައިވަނީ އަލީ ޝަރީފް 25 / ހއ. ތުރާކުނު، އަސުރުމާގެއާއި ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު. އަލީ ޝަމީމް، 37 އެވެ. މި މައްސަލާގައި ހިމެނޭ ދިވެހި އަންހެނަކީ އައިޝަތު ނުހާ 24/ އދ. ކުނބުރުދޫ، މާބަގީޗާގެ އެވެ.
އަދި ބުނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.


