ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓުނު މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ނިރޮޅުމަގުގެ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައިވާކަމަށް މޭ 5 ވަނަ ދުވަހު 03:26 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓަށްފަހު އެމީހާއަށް ފަރުވާދޭން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެހެންނަމަވެސް އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ބަދަލުކުރި އެވެ.
އޭޑީކޭގައި އެމީހާއަށް ފަރުވާދެމުން ދަނިކޮށް މޭ 6 ވަނަ ދުވަހު ނިޔާވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


