ހދ. ނޮޅިވަރަމް ބަނދަރުން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ސައިކަލާއެކު މޫދަށް ވެއްޓިގެން ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދޭން ފެށިކަމުގެ ރިޕޯޓު ލިބުނީ ރޭ 9:15 ހާއިރު ކަމަށެވެ. ހެލްތު ސެންޓަރުގައި އެ މީހާ އަށް ފަރުވާ ދެނިކޮށް އޭނަ މަރުވީ ރޭގެ ވަގުތެއްގަ އެވެ.
ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.


