ސަރުކާރު ހުރިހާ ސުކޫލެއް އޭސީކޮށް ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް މި މަހުގެ 26ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ފެށޭ ދިރާސީ އައު އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެގޮތުން ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމާއި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްގެ ދަށުން ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދާ ސްކޫލުގައި ޓީޗަރުން ހޭދަކުރާ ވަގުތު މަދު ކުރާނެ ކަަމަށް ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ދެ އަހަރުތެރޭގައި ނިއްމާލެވޭނެ ކަމަށެވެ.
ސަރުކާރުން ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރަން ނިއްމާފައިވާއިރު ކުލާސްތަށް ހޫނު ގަދަވެގެން ކުލާސްތަށް ބެލެނިވެރިންގެ އެހީގައި އޭސީ ކުރުމަށް ބެލެނިވެރިންގެ އެހީއަށް އެދިފައިވާތީ ވަރަށް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.


