Tuesday, 28 July 2026

އެއަރޕޯޓާއި ސިއްހީ ދާއިރާ ހިމެނޭގޮތަށް ސައުދީ ފަންޑުން ދެ ލޯނަކަށް 150 މިލިއަން ދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީއަކާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑުގެ ވެރިޔާ ސުލްތޯން އަލްމަރްޝާދު އެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ހަމަޖައްސައިދޭނެއެެވެ. އަދި ސިއްހީ ދާއިރާ ތަރައްޤީކުރުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ ވެލާނާ އެއާޕޯޓު ތަރައްޤީކުރުމަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއް ކަމަށެވެ.

މި އެހީއާއެކު ހަތް މިލިއަން ފަސިންޖަރުންގެ އެއާޕޯޓެއް ނިންމަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *