ޕާކިސްތާންގެ ބަހްރިއްޔާ ޔުނިވާސިޓީގައި ޑިގްރީއިން ފެށިގެން ޕީއެޗްޑީއަށް 10 ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލެވިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން މިޔަދު ކުރި އިއުލާނެއްގައި އެ މިނިސްޓްރީއިން ވިދާޅުވީ ޕާކިސްތާންގެ މި ޔުނިވާސިޓީއިން ހިންގާ އަންޑާ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތަކުގައި އަމިއްލަ ހަރަދުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވުފައިވާ ކަމަށެވެ.
ސްކޮލާޝިޕްދޭ ދާއިރާތައް:
1. ބިޒްނަސް ސްޓަޑީސް
2. ކޮމްޕިއުޓާ ސައިންސް
3. އާޓް އެންޑް އެންވާރްމެންޓް ސައިންސް
4. ހިޔުމަނިޓީސް އެންޑް ސޯޝަލް ސައިންސް
5. އިސްލާމިކް ސްޓަޑީސް
6. ލޯ
7. މެރިޓައިމް ސްޓަޑީސް.
8. ސައިކޮލަޖީ
9. މީޑިއާ ސްޓަޑީސް
10. މެނޭޖްމެންޓް ސައިސް
މިނިސްޓްރީއިން ވިދާޅުވީ މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގެ ކުރިން އޮންލައިންކޮށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ހުޅުވާލާފައިވަނީ ކިތަށް ފުރުސަތުކަމެށް އަދި ސާފެއްނުވެ އެވެ.


