Tuesday, 28 July 2026

ފުރުސަތު ފަހިކޮށްނުދޭނަމަ ދެން އަންނަ ދައުރެއްގައި މަޖިލީހުގައި އެއްވެސް އަންހެން މެމްބަރެއް ނީންނާނެ: ރޮޒައިނާ

އަންހެނުންނަށް ފުރުސަތު ފަހިކޮށްނުދޭނަމަ ދެން އަންނަ ދައުރަކަށް އެއްވެސް ގޮނޑިއެއް އަންހެން ކެނޑިޑޭޓަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ %33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ރޮޒައިނާ ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

މި ބިލުގައިވާ ގޮތުން މިއީ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުން ހިއްސާ ކަށަވަރުކޮށް، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށް ހުށަހެޅި ބިލެކެވެ. ބިލުގައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހަށް އަންހެނުން ގެންނަން އުޅެނީ ފިރިހެނުންނަށް ދެރައެއް ދިނުމުގެ މަގްސަދުގައި ނޫން ކަމަށެވެ. މަޖިލީހުގައި ކުރާ މަސައްކަތާއި މުޅި ޤައުމާ ދޭތެރޭ ވިސްނާލާއިރު އަންހެނުންގެ ހިޔާލު ކޮންމެހެން ވެސް ބޭނުންވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ އަންހެނުން މަޖިލީހަށް ހޮވޭ ނިސްބަތް ދަށްވެ، ދެން އަންނަ ދައުރަކަށް އެއްވެސް ގޮނޑިއެއް އަންހެން ކެންޑިޑޭޓަކަށް ކާމިޔާބު ނުކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ސަބަބަކީ ފައިސާއިން އިންތިހާބު ކާމިޔާބު ކުރާ މީހުން ގިނަވެ އެ ގޮނޑިއަށް ޚަރަދުކުރާނެ ފައިސާ ހުރި އަންހެނުން މަދުވުމުން ކަމަށް ވިދާޅުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *