Tuesday, 28 July 2026

ރަސްމީ ފާލަން 1950 ގެ އަހަރުތަކުގައި ހުރި ގޮތަށް ބަދަލު ކުރަނީ

ރަސްމީ ފާލަމުގެ މަތީބައިގައި ހުރި ރިޔާތަށް ނަގައި ބަދަލުގައި ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ހުރިފަދަ ގޮތަކަށް ފިލައިން ހިޔާގަޑު ހެދުމަށް ނިންމައިފި އެވެ.

ރަސްމީ ފާލަން މަރާމާތު ކުރުމަށް ފާލަން ހުރި ސަރަހައްދުގައި ފާލަން މަރާމާތު ކުރުމަށް ހަވާލުކުރި އެމްޓީސީސީއިން ވަނީ ފިލާ ޖަހައި ބަންދު ކޮއްފައެވެ. އަދި އެއާއެކު އާމުންގެ ބޮޑު ސަމާލުކަމެއް ވަނީ ދަމައިގަނެފަ އެވެ.

ގައުމީ ޔުނިވާސިޓީ ޗާންސެލާ އަދި ކްރިޓިކަލް ތިންކިން އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައި ވެސް މި ވާހަކަ ލިޔުއްވައިފަ އެވެ. އަދި އޭނާ ވަނީ އެ ފާލަން ކުރިން ހުރި ގޮތުގެ އަމިއްލަ ކުރެހުމެއް ވެސް އެ ޕޯސްޓުގައި ހިމަނުއްވައިފަ އެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވީ ގިނަ ބަޔެއްގެ ހަދާނުގައި ރާއްޖޭގައި ރަސްމީ ތިން ފާލަމެއް ފެނިގެން ހިގައްޖެ ކަމަށާއި ކޮއްމެ ފަހަރަކުވެސް ފާލަން ބަދަލު ކުރަނީ ފާލަން ހަލާކުވުމުން އެއްކޮއް ރޫޅާލައިގެން ކަމަށެވެ. ހަސަން ވިދާޅުވީ އަމީންގެ ދައުރުގައި ހަދާފައިވާ ފާލަމުގެ ފަރުމާ ހަދާފައިވަނީ އަބްދުލްހަކީމް ހުސައިން މަނިކު (ގްލޯރީގެ) ކަމަށް އެ ބްލޮގް ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެފާލަން ކުރީގެ ރައީސް މައުމޫން ވެރިކަމުގައި ވަނީ ރޫޅާލައި ނަގާފައެވެ. އަދި އޭގެ ފަހުން މައުމޫން ވަނީ އެތަނުގައި ލަކުޑިން ފާލަމެއް އަޅާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ މިހާރުފާލަން ހުރިގޮތަށް ރިޔާ ތަކަކާއެކު ފާލަން ހަދާ އިއްޒުއްދީން ފާލަމުގެ ނަމުން ރަސްމީ ފާލަމަށް ނަންދީފަ އެވެ.

ފާލަމުގެ މަތީބަޔާއި ފާލަން ހަލާކުވެފައި ވުމުގެ ސަބަބުން މިހާރު އަނެއްކާވެސް މިވަނީ ފާލަމުގެ ޑިޒައިން 1950 ގަ ހުރި ފަދަ ގޮތަކަށް ހެދުމަށް ސަރުކާރުން ތައްޔާރުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *