Tuesday, 28 July 2026

ޒަމީރު ގަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރު އަދި ދާހިލީވަޒީރުކަން ކުރައްވާ ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްސާނީއާ ބައްދަލު ކުރައްވައިފި އެވެ.

މިޔަދު ގަތަރުގައި ކުރިޔަށް ދިޔަ މި ބައްދަލުވުމުގެ ފޮޓޯ އެކްސްގައި ހިއްސާ ކުރައްވާ ޒަމީރޫ ވިދާޅުވީ  ޑިވެލޮޕްމަންޓް ޕާޓްނަޝިޕް ކުރިއަށް ގެންދިއުމަށްޓަކައި އެއްބާރުލުން ދިނުމަށް ކުރިއަށް އޮތް މަގުތަކާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮއްފައިވާނެ ކަމަށެވެ.

އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގައި ޤަތަރުގެ ލީޑަޝިޕުން ރާއްޖެއަށް ދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޒަމީރު ވަނީ ޝުކުރު އަދާކޮއްފައެވެ.

އަދި ބައިނަލް އަގުވާމީ މައްސަލަތަކުގައި ގުޅިގެން ދެ ގައުމުގެ ވިސްނުމާ ގުޅޭގޮތަށް އަމަލު ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކޮއްފައިވާ ކަމަށެވެ.
 ފަލަސްތީނުގެ ގައްޒާ އަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ޒަމީރު ވަޒަން ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

“އަޅުގަނޑު އިތުރަށް ކަށަވަރުކޮށްދިނީ، ދެފަރާތުގެ މަސްލަހަތު އޮތް ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ދާއިރާތަކުގައި ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ސަރުކާރުން ވަޢުދުވެފައިވާކަން”

އަދި މިއީޒަމީރު ރަސްމީގޮތުން ގަތަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ . މި އަހަރު ގަތަރާއި ރާއްޖޭގެ ގުޅުމަށް 40 އަހަރު ފުރޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *