ނ ވެލިދޫ ކުނިކޮށި އިމާރާތުގައި އިއްޔެ ރޯވެގެން ލިބުނު ގެއްލުމުގެ އަގު 3 މިލިޔަނަށް އަރާ ކަމަށް ވެލިދޫ ކައުންސިލްއިން ވިދާޅުވެއްޖެ އެވެ.
އެ ރަށުގެ އިރު އުތުރު ސަރަހައްދުގައި 2022 ގައި ހެދި 13،000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި އަލިފާން ރޯވެފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ.
އިއްުޔެ މެންދުރު ރޯވި އަލިފާންގަޑު ކޮންޓްރޯލްވީ ހަވީރު ވެފައި ހުއްޓައި އޭރު އެ އިމާރާތްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެރަށުން މައުލޫމާތު ދިން މީހެއް ބުންޏެވެ.
ވެލިދޫ ކައުންސިލްއިން ނެރުނު ބަޔާނެއްގައި ބުމެފައިވަނީ މި ހާދިސާގައި ސެންޓަރުގެ ބޮޑު ބަޔަކާ އެކު، އެ ތަނުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުރި މެޝިނަރީތައް އަދި ފުޓުބޯޅަ ދަނޑުގައި ބޭނުން ކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށެވެ.
ކައުންސިލުން ވިދާޅުވީ އަލިފާން ހިފުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ކުނި ބަހައްޓާފައުހުރި ހިސާބުގައި ކަރަންޓު ޝޯޓެއް ވެގެންކަމަށެވެ. އަދި ހުޅު ހިފަން މެދުވެރިވި ސީދާ ސަބަބު ޔަގީން ކުރުމަށް މަސައްކަތް ކުރަމުން އަށްނަކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ވެ އެވެ.


