Tuesday, 27 October 2026

ފޮރިން މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ދާހިލީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަންނަވައިފި އެވެ

މިނިސްޓަރު ޒަމީރުގެ ގަތަރު ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރު – ހާރިޖީ ވަޒީރު، ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްސާނީއާއެކު މަޝްވަރާ ކުރައްވާ ރާއްޖެއާ ގަތަރާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާއި ގުޅޭ ވާހަކަފުޅު ދައްކަވާނެ އެވެ

އަދި ގަތަރު ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފުރުސަތުތައް ހޯއްދަ ވާނެ އެވެ. މިނިސްޓަރު ޒަމީރު މި ދަތުރުފުޅު ކުރައްވާއިރު މި އަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *