Tuesday, 28 July 2026

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އަންގާ ކޯޓަށް ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާން ކޮށްފި އެވެ.

މިއަދު ފުލުހުންގެ ހިދުމަތުން ކޯޓުއަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އިއުލާން ކޮއްފައިވަނީ  ސ. ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ހުސައިން، 29، އެވެ.

ފުލުހުން ވިދާޅުވީ ކްރިމިނަލްކޯޓަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރު ކުރަށް މަސައްކަތްކޮއް ހާޒިރުވެފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އުބާދަތު ހުސައިން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އެކޯޓުން އަމުރު ކޮއްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެކޯޓަށް ހާޒިރުވާން އަންގައި ހާޒިރު ވެފައި ނުވާތީ މާދަމާ 1:00 އަށް ދައުވާ ރައްދުވާ އުބާދަތު ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.

މުހައްމަދު އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *