މާލޭގައި ދިރި އުޅޭ ރައްޔިތުން ހިތްހަމަ ޖައްސާލަން ދަތުރުދިޔުމަށް ހަދާފައިވާ ކުޑަގިރި އިތުރަށް ތަރައްގީކޮށް މިހާރަށް ވުރެ ރަނގަޅު ވަސީލަތްތަށް ލިބޭނެ ގޮތަށް އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާކަަމަށް އެޗްޑީސީއިން ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑައުރެކްޓަރު ފަޒުލް ވިދާޅުވީ އެ ކުންފުނީގެ ބެލެނިވެެރިކަމުގައި އޮތް ކުޑަގުރި އިތުރަށް ތަރަށް ތަރަށްގީކޮއް މިހާރަށް ވުރެ ފުރިހަމަ ހިދުމަތްތަށް ލިބޭނެގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް އެމްއައިޓީޑީސީއާ ހަވާލު ކުރަން އުޅުނު ކަމަށް ވާހަކަ ދެކެވެ އެވެ. އެ ކުންފުނިން ވަނީ އެ ރަށް އިތުރު ގޮތަކަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ކުޑަގިރި އަކީ ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައީ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފެށި އެވެ.
ނަމަވެސް މި ކަންބޮޑުވުންތަކަށް ސަރުކާރުން ވަނީ ޖަވާބުދާރީވެ ކުޑަގިރި އަބަދުވެސް އޮއްނާނީ މާލޭ މީހުން ދަތުރު ދިޔުމަށް ހާއްސަ ރަށެއްގެ ގޮތުގައި ކަމުގެ ޔަގީކަން ދީފަ އެވެ.
ކުޑަބަނޑުހަށްވުރެ ދެ ގުނަ ބޮޑު ކުޑަގިރި ހަދައި ރަސްމީކޮށް ހުޅުވީ ފެބްރުއަރީ 11، 2023 ގައެވެ. ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު ކުޑަގިރި ފަޅުން ބޮޑު ސަރަހައްދެއް އިން ހިއްކައިގެން 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ދިވެހިންގެ ޕިކްނިކް އައިލެންޑް ކުޑަގިރި ހުޅުވީ ގިނަ ވަސީލަތްތަކެއް ގާއިމު ކުރުމަށް ފަހު އެވެ.


