ދިވެހިރާއްޖެއިން މީގެފަހުން އިންޑިޔާއަށް ފާޑު ކިޔުމުގެ އަމަލެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިޔާއާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތް ރައްދުވާނެފަދަ މޭރުމަކުން ޓުވީޓްކުރި މައްސަލައާ ގުޅުވާ އިންޑިޔާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވާ މިޔަދު އިންޑިޔާގައި ހުއްނަވއިގެން ޒަމީރު ވިދާޅުވީ ދެން އެކަހަލަ ކަމެށް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގައި ހުއްނަވައިގެން އެ ގައުމުގެ އޭއެންއައި ނޫހަށް ދެއްވި އިންޓަވިއުގާ ޒަމީރު ވިދާޅުވީ އޭރުގަ އެގޮތަށް އެ މިނިސްޓަރުން ކަންތަށް ކުރުމުން ސަރުކާރުންވާނީ އިންޑިޔާގެ ފަރާތުން މާފަށް އެދި އެކަމުގައި ފިޔަވަޅު އަޅައި އެ މިނިސްޓަރުން ސަސްބެންޑު ވެސް ކޮއްފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ތަކެއް މީސް މީޑިއާގައި އިންޑިޔާއަށް މަލާމަތްކޮއް އެޗެހި ކިޔަސް އެއީ ސަރުކާރިގެ ވިސްނުން ނޫންކަން ކުރިން ވެސް ވާނީ ހާމަކޮއްފައި ކަމަށެވެ.
”މީސް މީޑިއާގައި އޮޅުމެއް އަރައިގެން އުޅެނީ. ރާއްޖެއާއިއިންޑިޔާގެ ސަރުކާރަށް މިކަން ހިނގި ގޮތް ވިސްނި އެކަމުގެ ހިޔާލު ތަފާތުވުމެއް ނެތް. އެކަމުން މިހާރު އަޅުގަނޑުމެންނަށް ވަނީ އަރައިގަނެވިފައ “ ޒަމީރު ވިދާޅުވިއެވެ.
ނަރެންދުރަ މޯދީ އިންޑިޔާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ނަގާފައިވާ ފޮޓޯއާއި ވީޑިއޯ އަށް މަލާމަތް ކުރި މައްސަލާގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ. އެ މައްސަލައިގެ އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.


