Tuesday, 28 July 2026

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުން ބިން ވިއްކަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކާ ދިމާ އަތިރިމަތިން 13 ބިމެއް ވިއްކުމަށް އެޗްޑީސީއިން މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީއިން މިއަދު ބުނީ 13 ބިމެއް ހަމައެކަނި ދިވެހިންނަށް، ދިރިއުޅުމަށް ބިޑްޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށެވެ.

އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1،864-2،408 އަކަފޫޓު ކަމަށް އެޗްޑީސީން ބުންޏެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ މަރުހަލާއެއްގަ އެވެ، އެއީ:

1. ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން.

2. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ އެ ބިމަކަށް ބިޑް ކުރުމެވެ.

އެޗްޑީސީއިން ބުނީ ބިން ގަތުމަށް އެދި ހުށައެޅުމުގެ  އޮތީ ދެ ޝަރުތު ކަމަށެވެ. އެއީ ދިވެހި ރައްޔިތަކަށް ވުމާއި ބިން ގަންނަން ކުންފުންޏަކުން ހުށަހަޅާނަމަ އެ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވުން ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *