ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޒަމީރު އިންޑިއާ އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާނެ ކަމަށާއި އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


