Tuesday, 28 July 2026
ކްރިމިނަލް ކޯޓު: ފޮޓޯ--- ރާއްޖެ.އެމްވި

ވަޅިން ބިރުދެއްކި މީހާ އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެފި

ވަޅިއެއް ބޭނުންކޮއްގެން ބިރުދެއްކި މީހަކު އޭނާގެ ބަންދާއިމެދު ގޮތެއް ނިއްމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ފުލުހުން އޭނާގައިގާ ތަޅާ އަނިޔާ ކޮއްފައިވާ ކަމަށް ބުނެފި އެވެ.

ތޫނު ހަތިޔާރު ބޭނުންކޮއްގެން ބިރުދެއްކި ކަމުގެ ތުހުމަތުގައި 36 އަހަރުގެ ފިރިހެނަކު އަހަރުގެ ހައްޔަރުކޮއް އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

އެ މީހާ ކޯޓުގައި ބުނެފައިވަނީ އެ މައްސަލައިގައި ވަކީލަކު ބޭނުންނުވާ ކަމަށާއި އޭނާ އެއްވެސް މީހަކށް ވަޅިން ބިރުދައްކާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ސީން އަށް ދިޔަ ފުލުހުން އޭނާއަށް އަނިޔާ ކޮއްފައިވާކަމށް ކޯޓުގައި ބުނެފަ އެވެ.

އޭނާ އިތުރަށް ބުނީ އޭނާ އަކީ ނޭޝަނަލް ޑްރަގް އެޖެންސީގައި ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި އޭނާ އެތަނަށް ދިޔައީ ފޯނާއި ވޮލެޓު ބަލާކަމަ އެނާވަނީ ކޯޓުގައި ބުނެފަ އެވެ.

މިކަމާ ގުޅިގެން ގާޒީ ވަނީ ނެޝަނަލް ޑްރަގް އެޖެންސީއާ ވާހަކަ ދައްކައިގެން އޭނާ އަކީ ފަރުވާ ބޭނުންވާ މީހެއް ކަމުގައިވާނަމަ، އެ އެޖެންސީގެ އިރުޝާދާ އެއްގޮތަށް ފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަނގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *