Tuesday, 28 July 2026

އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ ޕްރޮޕޯސަލްގައި ސޮއިކޮށްފި

ބ އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ތައްޔާރު ކުރަން ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަންއާ ހަވާލު ކޮއްފި އެވެ.

މިޔަދު މިނިސްޓރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާއިން ވަނީ އެ ކުންފުންޏާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮއްފަ އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއަންޒޫ އެވެ.

އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަކީ މިދިޔަ މަހު 5 ގައި ރައީސް ޑރ. މުހައްމަދު މުއިޒު އިއުލާން ކުރައްވާފައިވާ މަޝްރޫއު އެކެވެ. އެރޭ މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވީ މި މަޝްރޫއު އަކީ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމުގެ އިހުލާސްތެރި މަސައްކަތް ވަރަށް ބޮޑަށް އޮވެގެން ފެށޭނެ މަޝްރޫއު އެއްކަމަށެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން އެއްމެ އިސްކަމެއްދޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިންގެ ބޮޑެތި މަޝްރޫއުތަށް ހިންގަން ސަރުކާރުން ވަނީ ނިއްމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *