ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއުތަކާއި ވަކި ތަނަކަށް ނޫނީ ދަތުރު ނުކުރުމަށް ޑިމާންޑު ކުރާ މައްސަލައާއި ޑުރައިވަރުން ބޭނުން އަގެއް ނަގަމުންދާ މައްސަލަބަލާ އެކަން ހައްލުކޮއްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓެކްސީތަކުން ސަރުކާރުން ކަޑައަޅާފައިވާ އަގަށްވުރެ ބޮޑެތި އަދަދު ތަކުން ފައިސާ ނަގާ ކަމަށާއި ވަކިން ހާއްސަކޮއް އެއާޕޯޓުން މާލެ ހުޅުމާލެ އަދި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކުރާ ދަތުރު ތަކުގައި ބޮޑެތި އަދަދުގެ ފައިސާއަށް ޑިމާންޑުކޮއް ފަސިންޖަރުގެ ހުއްދަނެތި އިތުރު މީހުން އަރުވާ ކަމުގެ ޝަކުވާތަށް ގިނަވެފައި ވަނިކޮއް އިއްޔެ މެންދުރު މިވަނީ ޓެކްސީ ކިއު ސަރަހައްދަށް ފުލުހުން އޮބްޒާވް ކުރަން ނެރެ މައްސަލަ ހައްލުކޮއްފައި ކަމަށް އަމީން ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ މެންދުރު އެ މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިހާރު އެ ގެނެވުނު ބަދަލާ އެކު މީހުން ތިބި ކިއު އޯޑަރުން ޓެކްސީތައް މީހުން ނަގަން ޖެހޭނެކަމަށާއި ޓެކްސީ އަށް އިތުރު މީހުންނެއް ނޭރުވޭނެކަމަށް އަދި ޓެކްސީ ޑްރައިވަރުން ބޭނުން ގޮތަކަށް ޕަސެންޖަރުން ކިއޫގެ ފަހަތަށް ފޮނުވާލައި އެގޮތަށް ނުހެދޭނެ ކަމަށެވެ.
”ޓެކްސީ އަށް އަރުވަން ބޭނުން ނުވާ ނަމަ އެ ޓެކްސީއެއް ދާން ޖެހޭނީ. އިތުރަށް ފައިސާ ނެގުމުގެ މައްސަލަ ވެސް އެ ތަނުގައި ތިބި ޕޮލިހުން ބަލާނެ. ޓެކްސީ އަށް އިތުރު މީހުން އަރުވާ މައްސަލަ ވެސް ބަލާނެ“ އަމީން ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން ފަސިންޖަރުންނާ މެދު ހިތު ހުރި ގޮތަކަށް ކަންތަށް ކުރަމުންދާކަމުގެ ޝަކުވާކަށް ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް ޓްރާންސޕޯޓް ޕޮލިސް އަދި ވީއައިއޭ ގުޅިވެން މިހާރު މިވަނީ އެ މައްސަލަތަށް ހައްލުކޮއްފަ އެވެ.


