Tuesday, 28 July 2026

ވީއައިއޭގައި މިއަދު ދެ މުވައްޒިފަކަށް ހަމަލާދިން ބިދޭސީ މީހާ ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވީއައިއޭގައި މިޔަދު ފުރަންގޮސް ހުރި މީހަކު އެއާޕޯޓުގެ ދެ ސްޓާފަކަށް އަނިޔާކުރުމުން އޭނާ ހައްޔަރުކޮއް ކޯޓަށް ގެންދިޔުމުން ކޯޓުންވަނީ ޝަރުތުކޮއް ދޫކޮއްލާފަ އެވެ.

ފުލުހުން ބުނީ މާރާމާރި ހިންގި ކަމުގެ ތުހުމަތުގައި ވެލާނާ އެއާޕޯޓުން ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް އެ މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ.

އެ ބިދޭސީމީހާ ރުޅިގަދަވެ ހަމަނުޖެހުން ހިންގީ އެމީހާ ފުރަން އައި އިރު ހިފައިގެން އައި ލަގެޖު ބަރުވެ ލާރި ދެއްކުމަށް އެއާލައިން އިން އަންގާ އޭނާ ލާރި ދެއްކުމަށް ދެކޮޅު ހެދުމަށް ފަހުގައެވެ.

މަންޒަރުދުން މީހެއް ކިޔައިދިން ގޮތުގައި ލަގެޖު ބެލްޓުން ބޭލުމުން އޭނާ ރުޅިއައިސް ހަޅޭލަވަން ފެށި އެވެ. އަދި އެމައްސަލަ ސެކިއުރިޓީއަށް ރިޕޯޓު ކުރުމަށް ދިޔަ ސްޓާފަށް އެ ހިސާބުން އޭނާ ހަމަލާ ދިނީއެވެ.

އެއީ އެމެރިކާގެ ޕާސްޕޯޓް އޮތް އިންޑިޔާ ދަރިކޮޅު މީހެއް ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ އަބޫދާބީ އަށް ކަމަށް ވަނީ އެނގިފަ އެވެ.

މިޔަދު ހެދުނު ސޯޝަލް މީޑިއާގައި އާމުވީ ވީޑިއޯގައި ފެންނަނީ އެއާޕޯޓު ޗެކިން ސަރަހައްދުގައި ފުރަން އަރާ ހުރި އެ ބިދޭސީ މީހާ އެއާޕޯޓުގައި މަސައްކަތް ކުރާ އިއްތިހާދު އެއާލައިންގެ ސްޓާފަކާއި އިތުރު ސްޓާފަކަށް ހަމަލާދޭ މަންޒަރެވެ.

އަދި ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެމީހާ ހުއްޓުވަން މަސައްކަތް ކުރާތަން ވެސް ފެނެއެވެ. އަދި އާމުންގެ މީހެއް އޭނާ ގޮވައިގެންދާތަން ވީޑިއޯއިން ފެނެ އެވެ.

އޭގެ ފަހުން ފުލުހުން އައިސް އޭނާ ވަނީ ހައްޔަރުކޮއް ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ވަނީ ދޫކޮއްލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *