އައިޖީއެމްއެޗްގައި އުފަންވި ކުއްޖަކަށް ގަދަކަމުން އެންޓި ބަޔޮޓިކްދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރު އެ ހޮސްޕިޓަލުން ދޮގު ކޮއްފި އެވެ.
މިރޭ އައިޖީއެމްއެޗްއިން އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެ ނެރުނު ބަޔާނުގައި ވަނީ އެ ހޮސްޕިޓަލްގައި ވިހެއި ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަޝީގެން ނުވާ ފަރުވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަ ތަކއް ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުން އަބަދުވެސް އަމަލުނކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އައްނަ އުސޫލާ އެއްގޮތަށް ކަަށެވެ. އަދި ސޯޝަލް މީޑިއާގައި އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަށްނަ މީހުންގެ ފަރުވާގެ މައުލޫމާމާތު ހިއްސާކުރުމަކީ އެ ހޮސްޕިޓަލްގެ ސިޔާސަތެއް ނޫން ކަމަށާއި މި ކޭސްގެ ވެސް ފަރުވާއާ ބެހޭ ހުރިހާ މައުލޫމާތެއް ވާނީ އާއިލާ އާއި ހިއްސާ ކޮއްފައި ކަމަށެވ.
އަދި އެ ހޮސްޕިޓަލުންދޭ ހިދުމަތަކާމެދު ޝަކުވާއެއް ނުވަތަ ފަރުވާދޭ އިރު ހިތް ބަލި މީހާ ހަމަނުޖެހޭ ކަމެއް ފެނުނަސް އެކަމެއް ރިޕޯތުކޮއް ބެލޭނެ ފުރިހަމަ ނިޒާމެއް އެ ހޮސްޕިޓަލުން ވަނީ ގާއިމް ކޮއްފައި ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗްއިން ވަނީ މިފަދަ މައްސަލަތަށް ހުށައެޅޭނެ ނިޒާމެއް އޮއްވައި އެގޮތް އިހުތިޔާރު ނުކޮއް ސޯޝަލް މީޑިއާގައި އެ ހޮސްޕިޓަލްގެ ޑަކްޓަރުންގެ ފޮޓޯ ޖަހާ ހަގީގަތާ ހިލާފު ވާހަކަތަށް ދެއްކުން ހަރުކަށި އިބާރާތުން މި ބަޔާނުގައި ކުއްވެރި ކޮއްފައެވެ.


