ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 9 ސަފީރަކު އައްޔަނު ކުރައްވައިފިއެވެ.
ސަފީރު ކަމުގެ މަގާމަށް މި ބޭފުޅުން އައްޔަނު ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަފީރު ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު، އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ކަނޑައަޅާ ސަފީރުކަމަށް، ޑޮކްޓަރ އަލީ ނަސީރު މުހައްމަދު، ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ އަލީ، މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަހުމަދު، ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު އެވެ.
މިބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފައިވެއެވެ.


