Tuesday, 28 July 2026

ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެމްބަރުން ވަކި ކުރުމުގެ އިސްލާހު އަނބުރާ ގެންގޮއްސި

ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮއްސި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން މެމްބަރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅި އިސްލާހު އިއްޔެ އެބޭފުޅާ އަބުރާ ގެންގޮސްފައިވާ ކަމަށެވެ.

މިފަހުން ވެސް އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކި ކުރެވޭނެ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށް އެ ގާނޫނު މިދިޔަ މަޖިލިސް އިންތިހާބުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ނަމަވެސް އޭރު ހަސަން ހުށަހެޅުއްވި އިސްލާހަކީ މި ގާނޫނަށް ހުށަހެޅި އިސްލާހެން ނޫނެވެ. އެ އިސްލާހަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ބައިތަކެއް އިތުރު ކުރުމަށް ހަސަން ލަތީފު ހުށަހެޅި އިސްލާހެކެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ފަސް އިސްލާހެއް ހަސަން ވަނީ ހުށަހަޅުއްވާފަ އެވެ. 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *