Tuesday, 28 July 2026

ވެލާނާ އެއާޕޯޓުގެ 2 ސްޓާފަކާއި، ބިދޭސީއެއްގެ ދެމެދު މާރަމާރީއެއް ހިނގައިފި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކިން ކިއު ސަރަހައްދުގައި ބިދޭސީ ފަސިންޖަރަކާއި، އެއާޕޯޓުގެ ދެ ސްޓާފެއްގެ މެދުގައި މާރަމާރީ އެއް ހިނގައިފި އެވެ.

މިއަދު ހެނދުނު މީސް މީޑިއާގައި ދައުރުވާން ފަށާފައިވާ ވީޑިއޯއެއްގައި ފެންނަނީ އެއާޕޯޓުގެ ޗެކިން އޭރިޔާގައި ފަސިންޖަރަކު އެއާޕޯޓުގެ ދެ ސްޓާފެއްގެ ގައިގާ ޖަހާ މާރަމާރީ ހިންގާ މަންޒަރެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އެއާޕޯޓު ސްޓާފުން އެއްވެފައިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ބިދޭސީ މީހާ އެއާޕޯޓުގެ އެއް ސްޓާފް ގައިގާ ޖެހުމުން އޭނާ އެތާގައި ހުރި ޑިވައިޑާ އާއި އެކު ވެއްޓޭ މަންޒަރު ވެސް ފެނެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރަމާރީ ހިންގިކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮއްފައިވާ ކަމަށް ބުނެފައެވެ. އަދި މިހާރު މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *