Tuesday, 28 July 2026

51 އިންޑިޔާ ސިފައިން ފައިބައިފި، މި މަހު 10ގެ ކުރިން ހުރިހާ ސިފައިން ފައިބާނެ

މިހާތަނަށް ދެ ޕްލެޓްފޯމަކުން 51 އިންޑިޔާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ 51 އިންޑިޔާގެ ސިފައިން މިހާތަނަށް ފައިބާފައިވާ ކަމަށާއި މި މަހު 10 ގެ ކުރިން ހުރިހާ ބޭރު ސިފައިން ފައިބާ ނިމޭނެ ކަމަށެވެ.

"ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޭބުމުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަދަދު ހާމަކުރާނެ،" ހީނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބި ނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ފިޔަވާ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބެފައެއް ނުވެ އެވެ.

ހީނާ އިތުރަށް ވިދާޅުވީ އޭރު އެބޭފުޅުން އިދިކޮޅުގައި ތިބި އިރުވެސް ގޮވާލީ ކަމާ ބެހޭ އިދާރާ ތަކަށް ހާމަ ކުރުމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *