ފަލަސްތީނުގެ ދިފާއުގައި ހުރިހާ އިސްލާމީ ގައުމުތަކުން ތެދުވުމަށް ރާއްޖޭގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގޮވާލައިފި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށް ގެންދާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން މިހާރަށް ވުރެ ރަނގަޅަން ފޯރުކޮއްދިނުމަށް އިސްލާމީ ލީޑަރުންނަށް ގޮވާލާފަ އެވެ.
ޝަހީމް ވިދާޅުވީ ފާއިތުވި ހަ މަހެއްހާ ދުވަހު، ފަލަސްތީނުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންގެ ފުރާނަ އާއި ހައްގުތަކާއި ގެއްލުވައިލަމުންދާ މަންޒަރު މާޔޫސްކަމާ އެކު ބަލަހައްޓައިގެން ތިބެން މުޅި އިސްލާމީ އުއްމަތަށް މަޖުބޫރުވެފައިވާ ކަމަށެވެ.
”ހަމަލާތައް ހުއްޓާލަން ބައިނަލްއަގުވާމީ މުޖުތަމައިން ހަމައެކަނި ގޮވައިލުމަކުން ނުފުދޭ. ހަނގުރާމައިގެ ނަމުގައި މި ގަތުލުއާންމު އަދިވެސް އެ ދަނީ ހިންގަމުން. ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒު ކުރެވެންޖެހޭ“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މައުސޫމު އާމުންގެ ދިފާއުގާ ހަގުރާމަ ހިއްޓާލުމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ހުއްޓާލަން ހޮވާލާ މުޒާހަރާތަށް ކުރިނަމަވެސް އދ. އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުން ހަމަލާތައް ހުއްޓައިލަން ގޮވައިލުމަށް ހަ މަހަށް ވުރެ ގިނަ ދުވަސް ނެގިކަމަށެވެ.
މީގެ އިތުރުން މި ސަމިޓުގައި މިނިސްޓަރު ވަނީ ރޮހިންޔާގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަށް ވެސް ވަރަށް ބޮޑަށް ކުއްވެރި ކުރައްވާފަ އެވެ.


