Tuesday, 27 October 2026

16 މީހުންނާއެކު ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި

16 މީހުނާއެކު މުދާ ބަރުކޮށްގެން މާލެއިން ފަރެސްމާތޮޑާއަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ވ. އަތޮޅު ފަރަކަށް އަރައިފި އެވެ.

ރޭ 10:00 ޖަހާކަށް ހާއިރު މި ބޯޓު އަރާފައިވަނީ ވ ފުލިދޫއާއި ވ ތިނަދޫއާ ދޭތެރޭގައި އޮންނަ ފަރަށެވެ.  ރޯޝަނީ ދޯނި އެ ފަރަށް އަރައިގެން ރިޕޯޓު ކުރުމާ ގުޅިގެން އެހީތެެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފަ އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަދި ބޯޓު އަދިވެސް ފުންނުވާކަމަށާއި ދިޔަ ބޮޑުވާ ގަޑީގައި ކަފު ޖަހާނެ އިތުރު ދޯންޏެއް ގެނެސް ފާސްޓް އިންސްޕެކްޓާ ކްރާފްޓް ޑައިވަރުންގެ ވެސް އެހީތެރިކަމާއެކު ފަށާނެ ކަމަށެވެ.

އަދި ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *