އިއްޔެ އޮތް ހަ ރަށެއްގެ ކައުންސިލް ބައި އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ހަތަރު 4 ގޮނޑި ވެރިކަން ކުރާ ޕީއެންސީ ކޯލިޝަން އިން ކާމިޔާބު ކޮށްފި އެވެ.
އއްޔެގެ ބައިއިލެކްޝަން އޮތީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި ހއ. އުތީމާއި ނ. ލަންދޫ އާއި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށެވެ.
ކޮމިޝަނުން އާންމު ކުރި ނަތީޖާތައް ދައްކާ ގޮތުން އިންތިހާބުގައި ޕީއެންސީއަށް ހަތަރު ގޮނޑި ކާމިޔާބު ކުރެވުނެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއް ގޮނޑި އަދި، ޑިމޮކްރެޓްސް ވަނީ ފުރަތަމަ ފަހަރަށް އިންތިހާބީ ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ.
މުހައްމަދު އާޒިމް އަލީ ޑިމޮކްރެޓްސްގެ ކެޑިޑޭޓު ކާމިޔާބު ކުރީ ޕާޓީގެ ޓިކެޓުގައި މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމެވެ. އަދި އުތީމު ކައުންސިލްގެ މެމްބަރުކަން ޕީއެންސީގެ އިބްރާހިމް ސުނާނަށް ލިބުނު އިރު، ލަންދޫގެ ގޮނޑި ލިބުނީ އެމްޑީޕީގެ މެމްބަރު އަބްދުﷲ އާރިފަށެވެ. އަދި ވެލިދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ރައްޒާގު އެވެ.
ހއ ތަކަންދޫ ކައުންސިލްގެ އަންހެން މެމްބަރުކަމަށް ހޮވުނީ ޕީއެންސީގެ ސަމީނާ މުހައްމަދު އަދި ރ އިއްނަމާދޫ އަންހެނުންގެ ކައުންސިލް ގޮޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެޑިޑޭޓު އައިޝަތު ސަމްހާ އެވެ.


