Tuesday, 28 July 2026

ވިޔަފާރީގެ ހިސާބު އޮޅުވާލި މައްސަލާގައި ކުރީގެ ޓްރަމްޕްގެ އެޑްވައިޒަރުގެ ހެކިބަސް ނަގައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބަރަހަނާ ފިލްްމް ކުޅޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ އެކަން ސިއްރު ކުރުމަށް ކެމްޕޭން ފައިސާ ހޭދަކުރި ކުރިކަމަށް ބުނާ މައްސަލައިގައި ކެމްޕޭން ޓީމްގައި އިސްކޮށް އުޅުއްވާ އެމަނިކުފާނުގެ އެޑްވައިޒަރު ހޯޕް ހިކްގެ ހެކި ބަސް ނަގައިފި އެވެ.

މި ދައުވާގައި ވަނީ ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސްއާ އެކު ޓްރަމްޕް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާ ރިޔާސީ އިންތިހާބާ ދިމާކޮށް އެކަން އޮއްބާލުމަށް ޝަރުތުކޮއް ކެމްޕެއިން ތެރޭގައި ފައިސާ ދިނުމަށް ފަހު ފައިސާ ދިން ކަން ސިއްރު ކުރުމަށް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައި މަކަރު ހަދާފައިވާކަމަށެވެ.

އިއްޔެ ކުރިއަށް ދިޔަ ހެކިގެ ހެކިބަސްނެގުމުގެ މަޖިލީހުގައި ދައުލަތުންވަނީ އަންހެނުންނަށް ފުރައްސާރަވާ ގޮތަށް ޓްރަމްޕް 'އެކްސެސް ހޮލީވުޑް’ގައި ވާހަކަދައްކާފައިވާ ރެކޯޑިންއާ ބެހޭ ގޮތުންވެސް ސުވާލު ކުރައްވާފަ އެވެ.

އަދި ވިޔަފާރީގެ ހިސާބުތަށް އޮޅުވާލުމަށް އޭނާގެ ކުރީގެ ވަކީލު މައިކަލް ކޯހެންއަށް 130،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ވެސް ޓްރަމްޕްއާ ދެކޮޅަށް ކުރާ ދައުވާގައިވެއެވެ. އަދި މިފައިސާ އޭނައަށް ދީފައިވަނީ ދީފައިވަނީ 2016 ވަނަ އަހަރުގެ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

އެމެރިކާގެ ވެރިކަން ކުރި މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *