Tuesday, 28 July 2026

މިސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅާ – އެމްޑީޕީ

ދުނިޔޭގެ މިނިވަން ނޫސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އެމްޑީޕީއިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން މައުލޫމާތު ސިއްރުކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން އަށްނަ ކަމަށެވެ.

މިޔަދު އެމްޑީޕީއިން ނެރުނު ނޫސްބަޔާނުގައި ވަނީ މިނިވަން ނޫސްވެރިކަމުގެ ދުވަސް ބައްދަލު ކުރިއިރު އެޕާޓީއިން ކަންބޮޑުވާ ވަރަށް ގިން ކަންކަން ހުރިކަމަށާއި އެގޮތުން ސަރުކާރަށް ފާޑުކީ ދެ ނޫހެއް ބުލޮކް ކޮއްފައިވާ ކަމަށެވެ.

”ވަކިން ހާއްސަކޮށް, ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް ވަނީ މަސައްކަތް ކޮށްފަ“އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީއިން ބުނި ގޮތުގައި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ގޮތުން މި ސަރުކާރުން ވަނީ ކުއްލި ގޮތަކަށް ރައީސް އޮފީހަށް ފޯނު ވެއްދުންވެސް މަނާ ކޮއްފަ އެވެ.

ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި ސިއްރުކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *