މާލޭ މަގުމަށްޗަށް ކުނި އެޅި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު ހޯދާ މާލެ ސިޓީ ކައުންސިލްއިން ފުލުހުންނާ ހަވާލުކޮއްފި އެވެ.
މިރޭ މާލެ ސިޓީ ކައުންސިލްއިން އެކްގައި ބިދޭސީ މީހާގެ ފޮޓޯއާއި އެކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ އަކު މާލޭ މަގުމަށްޗަށް ކުނި އެޅުމާ ގުޅިގެން އޭނާ ހޯދައި ފުލުހުންނާ ހަވާލުކޮއްފައިވާ ކަމަށެވެ.
އަދި ފުލުހުން މިހާރުދަނީ މޯލްޑިވްސް އިމިގުރޭޝަންއާ ގުޅިގެން އެމީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންކަމަށް މާލެ ސިޓީ ކައުންސިލްއިން އެކްސްގައި ކޮއްފައިވާ ޕޯސްޓްގައި ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުން ވަނީ މަގުތަކަށް ކުނި އަޅާ މީހުން ފެންނަ ވީޑިއޯތައް އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ގިނައިން ފެންނަނީ ބިދޭސީންނެވެ. އަދި މަގުތަކަށް ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
މިދިޔަ ރޯދަމަސް ފެށެން ވެފައިވަނިކޮއް މާލޭގެ މަގުތަކަށް މީހުން ކުނިތަށް ނެރެ މުޅިމާލެ ކުނި ގޮޑެއްފަދަ ތަނަކަށް ބަދަލުވި އެވެ. އަދި މާލެ ސިޓީ ކައުންސިލާ ވެމްކޯ އަދި ފުލުހުން ގުޅިގެން އެމައްސަލައަށް ހައްލު ހޯދުމަށްވަނީ މަސައްކަތްތަކެށް ކޮއްފަ އެވެ.
ވެމްކޯއިން ވަނީ 2 ފަހަރެއްގެ މަތިން ހިލޭ ކުނި އުކާލަދީފަ އެވެ.


