Tuesday, 28 July 2026

ޑރ ރަމްޝާގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށް ފަހު

އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ މައްޗަށް ޢައިބަށް ކަށު ކުރާ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށް ފަހު މަލިކި ސަލްމާން (ސަލްމާން މިސްކިތް) ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ކެންސަރުގެ ބައްޔަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޑރ. ރަމްޝާ ނިޔާވެފައވަނީ އިއްޔެގެ ވަގުތެއްގައެވެ. ނިޔާވިއިރު ޑރ. ރަމްޝާގެ އުމުރަކީ 42 އަހަރެވެ.

ސާޖިކަލް މެޑިކަލް އޮފިސަރެއްގެ މަޤާމް އަދާކުރެއްވުމަށްފަހު ބެންކޮކްއަށް ބަދަލުވި ފަހުންވެސް ޑރ. ރަމްޝާވަނީ ވަނީ ސިއްހީ ދާއިރާއަށް އެކިއެކިި ގޮތްގޮތުން ހިދުމަތް ކުރައްވައިފައެވެ. ކޮވިޑް-19ގެ ލޮކްޑައުން ދުވަސްވަރުން އޮންލައިންކޮށް ދިވެހިންނަށް ބައްޔާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރެއްވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރަމްޝާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *